Help Haish | Need Donation 4 Liver transplantation


This 2 year old boy is sufering fom Jaundice since he was born.


For more: http://dhiislam.com/?p=14306

މުޙައްމަދު ޙާއިޝް ޙުސައިންނަކީ އުމުރުން 2 އަހަރުގެ ކުޑަ ކުއްޖެކެވެ. ނަމަވެސް ބަލާބެލުމަށް އެއީ އުމުރުން ދެމަހުގެ
ކުއްޖެކެވެ. ޙާއިޝްގެ މަންމަ އައިޝަތު ސުދާ އޭނާގެ ދަރިފުޅު އުރައިގެން އިންއިރުވެސް އެދަރިފުޅުގެ ހަށިގަނޑުގެ ނިކަމެތިކަން ހާމަވެއެވެ. އެކުޑަ ކުޑަ މައުސޫމް ކުއްޖާގެ ތަޙައްމަލު ކުރަން ޖެހިފައިވާ ބަލީގެ ސަބަބުން އޭނާގެ ހަށިގަނޑު 2 މަހުގެ ކުއްޖަކާ އެއްވަރެވެ. ޙާއިޝްގެ އެބައްޔަށް ފަރުވާއެއް އޮތީ ލިވާރ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރެވިގެންނެވެ.

ޙާއިޝްގެ ބައްޔަށް ލިވާރ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކޮށްގެން ނޫނީ ފަރުވާއެއް ހޯދެން ނެތް މި އޮޕަރޭޝަނަށް ވަރަށް ބޮޑެތި ޙަރަދުތަކެއް ކުރަންޖެހެއެވެ. ބެންގަލޫރުގެ ކޮލަމްބިއާ އޭޝިއާ ހޮސްޕިޓަލުން ހަމައެކަނި މިއޮޕަރޭޝަނަށް 35،366.00 ޔޫއެސް ޑޮލަރު ހޭދަވެއެވެ. އެއީ 1،450،000.00 އިންޑިޔާ ރުޕީސްއެވެ. ދިވެހި ރުފިޔާއިންނަމަ 454،452.00 ރުފިޔާއެވެ.

މިއޮޕަރޭޝަނަށް ކުރަންޖެހޭ ޚަރަދަކީ ޙާއިޝްގެ ޢާއިލާއަށް އުފުލޭ ވަރަށްވުރެ ބޮޑު އގުތަކެކެވެ. އެހެންކަމުން އެމައުސޫމް ކުޑަ ކުއްޖާއަށް ވަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށް ބޭނުންވެފައެވެ.

ހިތް ދަތިކަމާއެކު ވަގުތުތައް ގުނަމުންދާ ޙާއިޝްއަށް އެހީތެރިވާން ބޭނުންވާ ފަރާތްކުން މުޙައްމަދު ޙާއިޝް ޙުސައިންގެ ބައްޕަ އަޙްމަދު ޙުސައިންނަށް ގުޅުން އެދެމެވެ.


އަޙްމަދު ޙުސައިން (ބައްޕަ)7620101 / ޓްރުޓް ފްލަރވާ / ހދ ކުޅުދުއްފުށި

Follow on Facebook